"ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާޜު ދޭ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ނޫހަށް އިންޒާރު ދޭންފެށީ ޖެހި ލިޔުމަކާއި ގުޅިގެންނެވެ. އެ ލިޔުމަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހު "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" ނަމުގައި އާންމު ކުރި ލިޔުމެކެވެ.
ފުލުހުން ބުނީ އިންޒާރުދޭ މައްސަލަ ތަހުގީގު ކުރުމުގެ އިތުރުން އެ ނޫހަށް ފުލުހުން ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މީޑިއާގެ ފަރާތްތަކަށް ދޭ މިފަދަ އިންޒާރުތައް ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުން ދާނެ ކަމަށެވެ.
އެ ލިޔުމާއި ގުޅިގެން، އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރުދޭތީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް