ށ. ފޭދޫ ބަނދަރު ހަދަން ތައްޔާރުވެ ސައިޓް މޮބިލައިޒްކޮށްފި

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު ވެއްޖެ އެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭނ...

05 Jan 2021 | 05:24

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު ވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

އެ ކުންފުނިން ބުނީ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭނުންވާ މެޝިނަރީޒް މިހާރު ފޭދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިަޔށް ގެންދާ ސައިޓް މިއަދު މޮބިލައިޒް ކޮށްފައިވާ ކަމަށް ބުންޏެވެ.

އެމްޓީސީސީން ބުނީ  މި މަޝްރޫއުގެ ދަށުން ފޭދޫ ބަނދަރުގެ 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރާނެ ކަމަށެވެ. އަދި 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

މީގެ އިތުރުން 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށާއި މަޝްރޫއުގެ ދަށުން 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއުއަކީ33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް