އޮޅުވެލި ބީޗް ރިސޯޓުގެ ގެސްޓު ކޮޓަރިތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބައެއް ކޮޓަރިތައް އަނދާ ހުލިވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 12:25 ހާއިރު ކަމަށެވެ. މި އަލިފާން ގަނޑު އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އެ ރަށަށް ދާންވީއިރު މުވައްޒަފުން ވަނީ ނިއްވާލާފައި އެވެ.
މި ހާދިސާގައި އަލިފާން ރޯވީ ހަތަރު ކޮޓަރީގެ ބްލޮކެއްގައި އެވެ. ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވީ އޭގެ ތެރެއިން ދެ ކޮޓަރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުން ދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް