އުރީދޫ ސަބްމެރިން ކޭބަލް އަޅައި ނިންމާ އިތުރު 40 ރަށަކަށް 4ޖީ+ ދޫކޮށްފި

އުރީދޫއިން މުޅި ރާއްޖޭގައި ސަބްމެރިން ކޭަލް އަޅައި ނިންމައިފި އެވެ. އުރީދޫއިން ބުނީ ރާއްޖޭގެ ދެކުނުން އަޅަންފެށި ކޭބަލް ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާއި ގުޅާލުމުގެ އަމަލީ މަސަ...

05 Jan 2017 | 09:35

އުރީދޫއިން މުޅި ރާއްޖޭގައި ސަބްމެރިން ކޭަލް އަޅައި ނިންމައިފި އެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ ދެކުނުން އަޅަންފެށި ކޭބަލް ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާއި ގުޅާލުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އުރީދޫއިން ބުނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުންޏަށް ލިބުމުން ފެށި މި މަސައްކަތުގެ މަގުސަދަކީ ވީހާވެސް އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ރާއްޖޭގެ ވިޔަފާރިތަކާއި މުޖުތަމައުއަށް ޒަމާނީ ޑިޖިޓަލް ފައިދާތައް ހޯދައިދިނުން ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ މުހިއްމު ދައުރެއް އަދާކުރާކަމަށާއި މި ތަސައްވުރަށް އުރީދޫގެ ފަރާތުން އެއްބާރުލުން ދެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރަށް މުހިއްމު ދައުރެއް އަދާކުރޭ. ޑިޖިޓަލް ގައުމަކަށް ބޭނުންވާ ވަރުގަދަ ޒަމާނީ އިންފްރާސްޓްރަކްޗަރ އެއް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން އަހަމިއްޔަތުކަން ދީފައިވާއިރު، މި ތަސައްވުރަށް އެއްބާރުލުން ދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި އަޅުގަނޑުމެންނަށް އެހީތެރިވެ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" ވިކްރަމް ސިންހާ ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުން ދެކުނަށް އެޅި ސަބްމެރިން ކޭބަލްގައި ބޭނުން ކުރަނީ ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ އެވެ.  އެ ޓެކްނޮލޮޖީ މެދުވެރިކޮށް އުރީދޫގެ 4ޖީ ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރެވި، ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދި މިހާރު 4ޖީގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 40 ރަށެއްގައި 4ޖީ+ގެ ހިދުމަތް ތައާރަފް ކުރެވިފައިވާކަމަށް އުރީދޫއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް