މާލޭގެ ތިން ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި

މާލޭގެ ތިން ގެއެއް ބަލައިފާސްކޮށް  މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27  އަހަރުގެ ފިރިހެ...

05 Jan 2017 | 07:26

މާލޭގެ ތިން ގެއެއް ބަލައިފާސްކޮށް  މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27  އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ދެ ފިރިހެނުންކަމުގައި ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ން މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ. އެގޮތުން މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ 19:47 ހާއިރު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާލޭގެ 3 ގެއެއް ބަލައިފާސްކޮށް ކަމުގައި ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 23 އަހަރުގެ މީހެއްގެ ގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެގެ ބަލައިފާސްކުރިއިރު އެގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ގަނޑު ފެނިފައިވާކަމުގައި ފުލުހުންބުނެ އެވެ.

މީގެއިތުރުން މިމައްސަލައާއި ގުޅުންހުރި ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާއިރު އެދެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ދެ ސެލޯފިންކޮޅުގެ އިތުރުން 35 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް