ކިހާވަރަކުން ދާނެބާ ! އެސް 8 ގެ ބެޓެރީ އުފައްދަނީ ނޯޓް 7ގެ ބެޓެރީ އުފެއްދި ކުންފުނިން !

ސެމްސަންގް ކުންފުނިން މިދިޔަ އަހަރު ނެރުނު އެ ކުންފުނީގެ ސްމާޓްފޯން ފްލެގްޝިޕްގެ އެއްމެ ފަހުގެ މޮޑެލް، ނޯޓް 7ގެ ބެޓެރީ ގޮވާ މައްސަލަ ފެންމަތިވުމުން މާކެޓުން ނަގާފައިވާއިރު މި އަހަރު އަލަށް ނެރެން ތައް...

05 Jan 2017 | 03:20

ސެމްސަންގް ކުންފުނިން މިދިޔަ އަހަރު ނެރުނު އެ ކުންފުނީގެ ސްމާޓްފޯން ފްލެގްޝިޕްގެ އެއްމެ ފަހުގެ މޮޑެލް، ނޯޓް 7ގެ ބެޓެރީ ގޮވާ މައްސަލަ ފެންމަތިވުމުން މާކެޓުން ނަގާފައިވާއިރު މި އަހަރު އަލަށް ނެރެން ތައްޔާރުވަމުން އަންނަ ގެލެކްސީ އެސް 8 ގެ ބެޓެރީ ތައްޔާރުކުރަނީ ނޯޓް 7 ގެވެސް ބެޓެރީ ތައްޔާރުކުރި ކުންފުނިން ކަމުގައި ކޮރެއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފި އެވެ.

ނޯޓް 7 ގެ ބެޓެރީ ގޮވަން މެދުވެރިވާ މައްސަލަ ތަހުގީގުކޮށް ނިމިފައިވާކަމަށާއި އަދި ބެޓެރީ ގޮވަން މެދުވެރިވީ ސަބަބު މި މަހުގެ 10 ހިސާބުގައި ހާމަކުރާކަމުގައި ސެމްސަންގް އިން ބުނެފައިވާއިރު ކޮރެއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނޯޓް 7ގެ ބެޓެރީ ގޮވުމުގައި ބެޓެރީ އުފައްދާ ކުންފުނީގެ އިހުމާލެއް ނެތްކަން ސެމްސަންގް އަށް ވަނީ ދެނެގަނެވިފަ އެވެ.

ސެމްސަންގް އެސް 8 ގެ ބެޓެރީ ތައްޔާރުކުރަނީ ނޯޓް 7 ގެ ބެޓެރީވެސް ތައްޔާރުކުރި ކުންފުނިންކަމަށްބުނެ ހަބަރު ފެތުރިފައިވާއިރު މިކަމާއި ގުޅިގެން ސެމްސަންގް އަށް ފާޑުކިޔުންތައް އަންނަނީ އަމާޒު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް