ގޯ ޕްރޯ ކުންފުނިން ނިމިދިޔަ އަހަރުގެ ތެރޭގައި ލޯންޗު ކުރުމަށްފަހު އަނބުރާ މާކެޓުން ނަގާފައިވާ ކަރްމާ ޑްރޯން މި އަހަރުގެ ތެރޭގައި އަލުން ލޯންޗު ކުރާނެ ކަމުގައި އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ މިހާރު އެމެރިކާގައި ކުރިއަށްދާ ކޮންޒިއުމަރ އިލެކްޓްރޯނިކް ޝޯ(ސީއީއެސް) ގަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލޯންޗުކުރި ކަރްމާ ޑްރޯން ލޯންޗު ކުރިތާ 16 ދުވަސްތެރޭގައި އަލުން ނަގާފައިވަނީ އެ ފްލެގްޝިޕްގެ ބެޓެރީއަށް މައްސަލަތަކެއް ދިމާވާތީ އެވެ. ގޯޕްރޯއިން ހާމަކުރާގޮތުގައި ފެބްރުއަރީ މަހުގެ ތެރޭގައި ކަރްމާ ޑްރޯން ލޯންޗްކުރަން ތައްޔާރުވަމުން އަންނައިރު މިހާރު ހުރިހާ މައްސަލައެއް ވަނީ ހައްލު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް