މިހާރު އެމެރިކާގައި ކުރިއަށްދާ ކޮންޒިއުމަރ އިލެކްޓްރޯނިކް ޝޯގައި ސެމްސަންގް އިން ސްމާޓް ފްރިޖެއް ތައާރަފްކޮށްފި އެވެ.
ސެމްސަންގް އިން އަލަށް ތައާރަފް ކުރި ފްރިޖް މޮޑެލްގެ ހަތަރު ސައިޒެއް ވަނީ ތައާރަފް ކޮށްފަ އެވެ. އެއީ ހަތަރު ދޮރު، ތިން ދޮރު، އަދި ދެ ދޮރު އަދި އެއް ދޮރު ހިމެނޭ ސައިޒް ތަކެވެ .
މި ފްރިޖްތަކުގައި 21.5 އިންޗީގެ ޑިސްޕްލޭ އެއް ހަރުކޮށްފައިވާއިރު ބުލެޓިން ބޯޑެއްގެ ގޮތުގައްޔާއި އޮންލައިންކޮށް ވިޔަފާރި ކުރުމަށާއި އޮންލައިންކޮށް ރެސިޕީ ބަލައިލުމަށް މި ޑިޒްޕްލޭ ބޭނުން ކުރެވެ އެވެ. ފްރިޖްގެ އެއްމެހާ ކަންކަން ކޮންޓްރޯލް ކުރަނީވެސް މި ޑިސްޕްލޭ އިންނެވެ.
ސެމްސަންގް އިން އަލަށް ތައާރަފްކުރި މި ފްރިޖް ވިއްކަން ފަށާނެ ތާރީހާއި އަގު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް