ގޫގަލް ޑޭ ޑްރީމް އަދި ޓެންގޯ އޭއާރު/ވީއާރު ޓެކްނޮލޮޖީ އެކުގައި ހިމެނޭ ފުރަތަމަ ސްމާޓްފޯނުގެ ގޮތުގައި އަސުސް ޒެންފޯން އޭއާރު ރަސްމީކޮށް ލޯންޗް ކޮށްފި އެވެ.
މި ފޯނު ލޯންޗު ކޮށްފައިވަނީ އެމެރިކާގައި މިހާރު ކުރިއަށްދާ ކަންޒިއުމަރ އިލެކްޓްރޯނިކް ޝޯ ގަ އެވެ.
ކުރިންވެސް އަޑުތައް ފެތުރުނުގޮތަށް، ޒެންފޯންގައި ބޭނުންކޮށްފައިވަނީ ކުއަލްކޮމްގެ އެއްމެ ފަހުގެ ޕްރޮސެސަރ ކަމުގައިވާ ކުއަލްކޮމް ސްނެޕް ޑްރެގޮން 821 ޕްރޮސެސަރ އެވެ. 6 ޖީބީގެ ރޭމް އެއް ހިމަނާފައި ވެ އެވެ. ޑިސްޕްލޭ ސައިޒަކީ 5.7 އިންޗި އެވެ. އަދި ޑިސްޕްލޭ ރެސޮލިއުޝަން އަކީ 2560×1440 އެވެ.
މި ފޯނުގައި ހިމަނާފައިވަނީ 23 މެގަޕިކްސެލްގެ ކެމެރާ އެކެވެ. ކެމެރާގައި މޯސަން ސެންސިންގް އަދި ޑެޕްތު ޓްރެކިން ޓެކްނޮލޮޖީ ހިމަނާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް