މިހާރު ބޭނުންވަނީ ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރަން: ސޮނާކްޝީ

މި އަހަރު ތެރޭގައި ތަފާތު ދެ ފިލްމެއް ކުޅެން އެއްބަސްވެފައިވާ ސޮނާކްޝީ ސިންހަ ބޭނުންވަނީ ތަފާތު ކަންތައްތަކެއް ތަޖުރިބާ ކޮށްލަން ކަމުގައި އޭނާ ބުނެފި އެވެ. މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ދެ ފ...

05 Jan 2017 | 02:36

މި އަހަރު ތެރޭގައި ތަފާތު ދެ ފިލްމެއް ކުޅެން އެއްބަސްވެފައިވާ ސޮނާކްޝީ ސިންހަ ބޭނުންވަނީ ތަފާތު ކަންތައްތަކެއް ތަޖުރިބާ ކޮށްލަން ކަމުގައި އޭނާ ބުނެފި އެވެ.

މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ދެ ފިލްމާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ މި ދެ ފިލްމަކީވެސް މީގެ ކުރިން ކުޅެފައިވާ ފިލްމުތަކަށް ބަލާއިރު ވަރަށް ތަފާތު ދެ ފިލްމު ކަމަށެވެ. އަދި މި އަހަރު މުޅިންވެސް ކުޅެން ބޭނުންވަނީ ތަފާތު ރޯލުތައް ކުޅެލަން ލިބޭ ފިލްމުތައް ކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.

މި އަހަރު ތެރޭގައި ކުޅެން ސޮނާކްޝީ އެއްބަސްވެފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ނޫރު" އާއި 1969 ވަނަ އަހަރު ކުޅެފައިވާ ފިލްމެއް ކަމުގައިވާ "އިއްތިފާގު" ގެ މައްޗަށް ކުޅޭ ފިލްމެއް ކުޅުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް