މަޝްހޫރު އެކްޝަން ތަރި ޖެކީ ޗަން އަދި ބޮލީވުޑް ތަރި ސޯނޫ ސޫދު އެކުގައި ފެނިގެންދާ ފިލްމު "ކުންފޫ ޔޯގާ" ގެ ޕޯސްޓަރު އާއްމުކޮށްފި އެވެ.
ޗައިނާ އަދި އިންޑިއާ ގުޅިގެން އުފައްދާ މި ފިލްމުގެ ޕޯސްޓަރު އާއްމުކޮށްފައިވާއިރު ފިލްމު ޕްރިމިއަރ ކުރަން ނިންމާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގަ އެވެ.
މި ފިލްމަކީ ޗައިނާގެ ރައީސް ޒީ ޖިން ޕިން މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއާއި ޗައިނާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އުފައްދާ ފިލްމެކެވެ.
ސްޓޭންލީ ޑޮންގް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި އިންޑިއާގެ ތަރި އަމީރާ ދަސްތޫރުވެސް ފެނިގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް