ދިވެހި ކަނބަލުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފިލްމެއް ކަމުގައިވާ އާޝިޤީ 2 ގެ ތަރި އަދިތްޔަ ރޯއީ ކަޕޫރު ހުރީ ސިންގަލް ކޮށް ކަމުގައި އޭނާ ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ އޭނާ މިހާރު ކުޅެފައިވާ އައު ފިލްމު "އޯކޭ ޖާނޫ" ރިލީޒްކުރަން ގާތްވެފައިވާއިރު ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ކަޓްރީނާ އާއި މިހާރު އެއްވެސް ގުޅުމެއް ނޯންނީތޯ އާއި އެއްވެސް ގޮތަކަށް ދިމާވޭތޯ އެހުމުން އޭނާ ބުނެފައިވަނީ އެކުވެރިންނާއި އެކުގައި ބައެއް ފަހަރު ޑިނަރ އަށް ދިއުން އެއީ އޮންނަ ކަމެއް ކަމަށާއި އެގޮތުން ކަޓްރީނާއާއެކުވެސް ޑިނާއަކަށް ދިޔަ ކަމަށާއި ނަމަވެސް ވަކި ހާއްސަ ގުޅުމެއް ނެތް ކަމަށެވެ.
ލޯބިވެރިއަކު ގެންގުޅުމުގެ ވިސްނުން ނުގެންގުޅެންތޯ އެހުމުން އޭނާ ބުނެފައިވަނީ މިވަގުތު އެހާ ސީރިއަސް ލައިފެއް އުޅެން ބޭނުން ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް