އުނގުމަތީގައި ކުޑަކުދިން ބައިތިއްބައިގެން ވެހިކަލް ދުއްވުން އެއީ ކުށެއް ކަމުގައި ކަނޑައަޅާ ޖޫރިމަނާ ކުރުމަށް ސައުދީގެ ޓްރެފިކް ޑިޕާޓްމެންޓުން ނިންމައިފި އެވެ.
ސައުދީގައި މި ނިންމުން ނިންމާފައިވާކަން ހާމަކުރަމުން އެގައުމުގެ ޓްރެފިކް ޑިޕާޓްމެންޓްގެ ތަރުޖަމާނު ކާނަލް ތޯރިގް އަލް ރުބާއިއާން ވިދާޅުވެފައިވަނީ އުނގުމަތީގައި ކުޑަކުދިން ބައިތިއްބައިގެން ވެހިކަލް ދުއްވާނަމަ 150 އާއި 300 ސައުދީ ރިއާލް އާއި ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން 10 އަހަރު ނުވާ ކުޑަކުދިން ކުރީ ސީޓުގައި ތިބުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާކަންވެސް އޭނާ އިއްޔެ ވަނީ އެގައުމުގެ ރައްޔިތުންނަށް ހަނދާން ކޮށްދީފަ އެވެ. މި ކަންކަމަކީ ކުށެއްކަމަށް އެގައުމުގައި ކަނޑައަޅާފައިވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް