ތުރުކީގެ ރެސްޓޯރެންޓެއްގައި އަނެއްކާވެސް ޓެރަރިސްޓް ހަމަލާއެއް

އައު އަހަރު ފާހަގަކުރުމަށް ތުރުކީގެ ނައިޓް ކްލަބެއްގައި ބޭއްވި ޕާޓީއަކަށް ހަތިޔާރާއެކު މީހަކު ވަދެ ދިން ހަމަލާއެއްގައި 39 މީހަކު މަރާލާފައިވާއިރު އިއްޔެވެސް އެ ގައުމުގައި ޓެރަރިސްޓް ހަމަލާއެއް ދީފި އެ...

05 Jan 2017 | 01:00

އައު އަހަރު ފާހަގަކުރުމަށް ތުރުކީގެ ނައިޓް ކްލަބެއްގައި ބޭއްވި ޕާޓީއަކަށް ހަތިޔާރާއެކު މީހަކު ވަދެ ދިން ހަމަލާއެއްގައި 39 މީހަކު މަރާލާފައިވާއިރު އިއްޔެވެސް އެ ގައުމުގައި ޓެރަރިސްޓް ހަމަލާއެއް ދީފި އެވެ.

ސީއެންއެންގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަމަލާ ދީފައިވަނީ ވެރިރަށް އިސްތާންބުލްގެ ފާތިހް ޑިސްޓްރިކްޓްގެ ރެސްޓޯރެންޓެއްގަ އެވެ. މި ހަމަލާގައި ބައެއް މީހުން ޒަހަމްވެފައިވާކަމުގެ ރިޕޯޓްތައް ކޮށްފައިވީނަމަވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް އަދި ކޮށްފައެއް ނުވެ އެވެ.

ތުރުކީގައި މި ފަހަކަށް އައި މިފަދަ ހަމަލާތައް އިތުރުވަމުން އަންނައިރު މި ވަގުތުވެސް އެ ގައުމުގައި އޮތީ ކުއްލި ހާލަތު އިއުލާނު ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އެ ގައުމަށް ގެންނަން އުޅުނު ބަގާވާތް ފެއިލް ކޮށްލުމަށްފަހު ރައީސް ތައްޔިބު އުރުދުގާންގެ ސަރުކާރުން އިއްވާފައިވާ ކުއްލި ހާލަތެކެވެ.

ގެންނަން އުޅުނު ބަގާވާތުގެ ހާދިސާއަށްފަހު އެތައް ފަހަރަކު ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު ތިން ހަތަރު ޓެރަރިސްޓް ހަމަލާއެއް އެ ގައުމުގައި ދީފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް