ފަލަސްތީނު ރައްޔިތަކު މަރާލި އިޒްރޭލު ސިފައިންގެ މީހަކަށް ޖަލު ހުކުމް އިއްވުމާއެކު އިޒްރޭލުގައި ބައިބައިވުން އުފެދިއްޖެ

ފަލަސްތީނު ރައްޔިތެއްގެ ގަޔަށް ބަޑިޖަހާ މަރާލި އިޒްރޭލު ސިފައިންގެ މީހަކު 20 އަހަރަށް ޖަލަށްލުމަށް އިޒްރޭލުގެ ކޯޓަކުން އިއްޔެ ހުކުމް ކުރުމާއެކު މިކަމާއި ގުޅިގެން އެގައުމުގައި ބައިބައިވުންތައް އުފެދިއް...

05 Jan 2017 | 00:59

ފަލަސްތީނު ރައްޔިތެއްގެ ގަޔަށް ބަޑިޖަހާ މަރާލި އިޒްރޭލު ސިފައިންގެ މީހަކު 20 އަހަރަށް ޖަލަށްލުމަށް އިޒްރޭލުގެ ކޯޓަކުން އިއްޔެ ހުކުމް ކުރުމާއެކު މިކަމާއި ގުޅިގެން އެގައުމުގައި ބައިބައިވުންތައް އުފެދިއްޖެ އެވެ.

މި ހުކުމް އިއްވާފައިވަނީ އެލޯރ އަޒާރިއާ ނަމަކަށްކިޔާ އިޒްރޭލު ސިފައިންގެ މީހެއްގެ މައްޗަށެވެ. މި ހުކުމް އޭނާގެ މައްޗަށް އިއްވާފައިވަނީ އަމާން ދިނުމަށްފަހު ބިންމަތީގައި އޮށޯވެ އޮތް ފަލަސްތީނު ރައްޔިތެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގަ އެވެ. ފަލަސްތީނު ރައްޔިތު މީހާގެ އަތުގައި އެއްވެސް ނުރައްކާތެރި ހަތިޔާރެއް ނެތި އަދި އަމާން ދީ އަމުރަށް ބޯލަނބާފައިވަނިކޮށް މަރާލާފައިވާތީ އެވެ.

އަޒާރިއާއަށް އިއްވި މި ހުކުމާއިއެކު އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ އަޒާރިއާއަށް މައާފް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ހުކުމަކީ ކޯޓުން އިއްވި ހުކުމެއް ކަމަށްވާއިރު ނަތަންޔާހޫ އަށް މިކަމުގައި އަދި ކުރެވޭނެ ކަމެއް ނެތްކަމަށްވެ އެވެ. އަޒާރިއާއަށް މަރުގެ ހުކުމް އިއްވުމާއި ގުޅިގެން އެގައުމުގައި މުޒާހަރާތަކެއްވެސް އަންނަނީ ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް