އެފްއޭ ކަޕް: އިނގެރޭސި ގަދަ ބާރުތަށް ފަސޭހަ ކަމާއެކު ހަތަރުވަނަ ބުރަށް

އެފް އޭކަޕްގައި ރޭ ޗެލްސީ، މެންޗަސްޓަރ ޔުނައިޓެޑް އަދި ސިޓީގެ އިތުރުން އަރސެނަލް ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ޗެލްސީން އަމިއްލަ ދަނޑުގައި ލީގު ވަންގެ ވަޓްފޯރޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައި...

05 Jan 2015 | 09:39

އެފް އޭކަޕްގައި ރޭ ޗެލްސީ، މެންޗަސްޓަރ ޔުނައިޓެޑް އަދި ސިޓީގެ އިތުރުން އަރސެނަލް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ލީގު ވަންގެ ވަޓްފޯރޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ  މެޗުގެ ދެވަނަ ހާފްގައެވެ. ޗެލްސީގެ ގޯލްތަށް ކާމިޔާބުކޮށްދިނީ ވިލިއަން، ރެމީ އަދި ކޯރޓް ޒޫމާއެވެ.

މެންޗަސްޓަރ ޔުނައިޓެޑުން މެޗު ކާމިޔާބުކޮށްފައިވަނީ ރަށުން ބޭރުގައި ލީގު ވަންގެ ޔިއޮވިލްގެ މައްޗަށް ކުރި ހޯދައިގެނެވެ. މެޗުން 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވިރު، ޔުނައިޓެޑްގެ ގޯލްތަށް ކާމިޔާބުކޮށްދިނީ އެންޑަރ ހެރޭރާ އަދި ޑީމަރިޔާއެވެ.

ޔުނައިޓެޑްގެ ވާދަވެރި ސިޓީއިން މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ޝެފީލްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިގެނެވެ. މެޗުގައި ޝެފީލްސް ޔުނައިޓެޑްގެ ނޫހިއޫގެ ގޯލުން ލީޑު ނެގިނަމަވެސް މިލްނަރގެ ދެ ގޯލުން ސިޓީވަނީ ފަހަތުންއަރާ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.

އަރސެނަލްއިން މެޗު ކާމިޔާބުކުރީ އެމިރޭޓްސްގައި ހަލްސީޓީގެ މައްޗަށް ކުރި ހޯދައިގެނެވެ. 2-0 ގެ ނަތީޖާއިން އަރސެނަލް މެޗު ކާމިޔާބުކޮށްދިންއިރު ގޯލްތަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ މަޓަރސެކާ އަދި އެލެކްސިސް ސަންޗޭޒްއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ގުރުއަތުލުން މިއަދު ބާއްވާ ގޮޮތަށް އިނގެރޭސި އެފްއޭއިންވަނި ހަމަަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް