އެތްލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ޓޮރޭސްއަށް ހޫނު މަރުހަބާއެއް ކިޔައިފި

ކުރީގެ އެތްލެޓިކޯ މެޑްރިޑްގެ ފޯވަރޑް އަދި އެޓީމުގެ ތަރި ފެނާންޑޯ ޓޮރޭސް ހަތް އަހަރަށްފަހު އަނބުރާ އެތްލެޓިކޯއަށް ދިޔުމުން އެޓީމުގެ ސަޕޯރޓަރުން ޓޮރޭސްއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޖެނުއަރީގެ ޓްރ...

05 Jan 2015 | 09:10

ކުރީގެ އެތްލެޓިކޯ މެޑްރިޑްގެ ފޯވަރޑް އަދި އެޓީމުގެ ތަރި ފެނާންޑޯ ޓޮރޭސް ހަތް އަހަރަށްފަހު އަނބުރާ އެތްލެޓިކޯއަށް ދިޔުމުން އެޓީމުގެ ސަޕޯރޓަރުން ޓޮރޭސްއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޖެނުއަރީގެ ޓްރާންސްފަރ ސީޒަންގައި ޗެލްސީން އޭސީ މިލާނަށް ބަދަލުވި ޓޮރޭސް އެތްލެޓިކޯ މެޑްރިޑަށް ބަދަލު ވެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޓޮރޭސްއަށް މަރުހަބާ ކިއުމަށް އެތްލެޓިކޯގެ ވިސެންޓޭ ކެލްޑެރޯން ސްޓޭޑިއަމްއަށް 45000 ސަޕޯޓަރުންވަނީ ގޮސްފައެވެ.

ސީޒަންގެ ނިއަލަށް ކުރީގެ ކުލަބް އެތްލެޓިކޯއަށް ބަދަލުވި ޓޮރޭސްވަނީ އިނގެރޭސި ލީގުގެ ލިވަރޕޫލްގައި އާދަޔާ ހިލާފް މޮޅުކުޅުމެއް ދައްކާފައެވެ. ނަމަވެސް ރެކޯރޑު އަގެއްގައި ޗެލްސީއަށް ބަދަލުވިފަހުން ޓޮރޭސްއަށްވަނީ އެންމެ އެދެވޭ ކުޅުމެއް ނުދެއްކިފައެވެ. އެގޮތުން ދަށް ފޯމެއްގައި ކުޅުނު ޓޮރޭސް އޭސީ މިލާނަށް ބަދަލުވިފަހުންވެސް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޓޮރޭސްވަނީ އެތްލެޓިކޯ މެޑްރިޑްގައި ޓްރޮފީތަކެއް ހޯދަން ބޭނުންވާކަމަށް ހާމަކޮށްފައެވެ. އަދި އަމިއްލަ ގޮތުންވެސް އޭނާގެ ކުރީގެ ކުލަބަށް ބަަދަލުވެވުމުން އުފާ ކުރާކަށްވެސް އުމުރުން 30 އަހަރުގެ ޓޮރޭސް ހާމަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް