އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރަން އަންގައިފި

ވެބްސައިޓް ތަކާއި ފޭސްބުކް އަދި އެހެނިހެން އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން އަންނަ އޮންލައިން ވިޔަފާރިތައް ރަޖިސްޓަރީކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން އަންގައިފި އ...

05 Jan 2015 | 08:28

ވެބްސައިޓް ތަކާއި ފޭސްބުކް އަދި އެހެނިހެން އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން އަންނަ އޮންލައިން ވިޔަފާރިތައް ރަޖިސްޓަރީކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން އަންގައިފި އެވެ.

މީރާ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރަޖިސްޓަރީ ނުކޮށް ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުން އޮންލައިން ވިޔަފާރިކޮށް ނަފާ ހޯދަމުން އަންނަކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެން ކަމުން އެފަރާތްތަކުން މިމަހު 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރުމަށް އަންގާ ކަމަށެވެ. އަދި ރަޖިސްޓަރީ ނުކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް މީރާއިން  ބުނެފައި ވެއެވެ.

މީރާއިން ބުނެފަިއ ވަނީ ކުންފުނި ޕާޓްނާޝިޕްތަކުގެ އިތުރުން ވިޔަފާރި އާމްދަނީގެ ގޮތުގައި މަހަކު 20،000 ރުފިޔާ އަށްވުރެ އިތުރު އަދަދެއް ލިބޭ ފަރުދުންނާއި އަހަރެއްގެ ތެރޭގައި 1000000 ރުފިޔާ ލިބޭ ނުވަތަ ލިބޭނެކަމަށް ލަފާކުރެވޭ ފަރާތްތަކާއި އެފަރާތުގެ ނަމުގައި އިމްޕޯޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓަރީނުކޮށް ވިޔަފާރި ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

މިރާއިން ބުނީ، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަން އެދޭ ފޯމް އެ އޮތޯރިޓީގެ ކައުންޓަރުން ނާއި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

މިހާރަކަށް އައިސް އޮންައިން ވިޔަފާރިއަކީ ގިނަ ބަޔަކު އޭގެން ނަފާ ހޯދަމުންދާ ވިޔަފާރި އެކެވެ. އަދި އެއީ ރާއްޖޭގައި ވަރަށް ފުޅާވަމުންދާ ވިޔަފާރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް