ހޮކޭ ނިއުގެ ކޮންޓަރެކްޓް އާކޮށްފި

މުހައްމަދު ރަޝީދު (ހޮކޭ) ނިއުރޭޑިއަންޓާއި ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ. ގައުމީޓީމު އަދި ނިއުރޭޑިއަންޓްގެ ޑިފެންސް ލައިންގައިވެސް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ހޮކޭ ނިއުރޭޑިއަންޓްގެ ކޮންޓްރ...

05 Jan 2015 | 07:49

މުހައްމަދު ރަޝީދު (ހޮކޭ) ނިއުރޭޑިއަންޓާއި ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ގައުމީޓީމު އަދި ނިއުރޭޑިއަންޓްގެ ޑިފެންސް ލައިންގައިވެސް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ހޮކޭ ނިއުރޭޑިއަންޓްގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ.

އުމުރުން 29 އަހަރުގެ މުހައްމަދު ރަޝީދު (ހޮކޭ) ވަނީ މީގެކުރިން ވެލެންސިއާ، ވިކްޓްރީ އަދި މާޒިޔާ ސްޕޯރޓްސް ކުލަބަށްވެސް ކުޅެދީފައެވެ.

އަދި ގައުމީ ލެވެލްގައި ނިމިގެންދިޔަ އޭ އެފްސީ ޗެލެންޖް ކަޕްގައި ހޮކޭވަނީ މޮޅު ކުޅުނެއް ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް