ރޭ މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި 11 މީހަކު ފުލުހުންހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ 11 މީހުން ހައްޔަރު ކުރީ ބުރުޒުމަގާއި ހިލާލީ މަގު ގުޅުނު ކަންމަތީގައި މާރާމާރީ ހިނގަން މަސައްކަރް ކުރަމުންދަނިކޮށް އެ ސަރަހައްދުން ކުލަ ހެދުމުގައި ދިޔަ ދެ ފުލުހަކަށް ފެނިގެން އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ފަހުގައި ކަމަށެވެ. އެ މާރާމާރީ ހުއްޓުވުމަށް މަސައްކަތ ްކުރި ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އޭނާއަށް ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދީފައި އެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނެއެވެ. މާރާމާރީ ހުއްޓުވަން އުޅުމުގެ ތެރޭގައި އޭގެ ތެރެއިނއ 18 އަހަރުގެ މީހަކަށް އަނިޔާވުމުން އޭާއަށވެސް ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދީފައި އެވެ. މާރާމާރީ އާއި ގުޅިގެން ގިނަ އަދަދެއްގެ ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނގޮސްފައި ވެއެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް