ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އާލް-ސައުދު އާލާސްކަންފުޅާ އުޅުއްވާތީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.
އިއްޔެ ރައީސް ފޮނުއްވި މެސެޖުގައި ސައުދީ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މާތްﷲ އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އިހުލާސްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސައުދީ ރަސްގެފާނުގެ ދުރުވިސްނުންފުޅަށް ތައުރީފު ކުރައްވައި، ރަސްގެފާނު އަބްދުﷲ ބިން އަބްދުލްޢއަޒީޒް އާލް-ސައުދަކީ ސައުދީ ޢަރަބިއްޔާއަށް ބޮޑެތި ކުރިއެރުންތަކާއި ތަރައްގީ ގެނެސްދެއްވާފައިވާ ވެރިއެއް ކަމުގައި ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް