އެސެސްމަންްޓްތަކުން 50 ޕަސެންޓް ފާސްވާންޖެހޭ ގޮތަށް އިސްލާހު ގެނެސްފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން އަށް އިސްލާހު ގެނެސްފި އެވެ. ހަޔާ އެޑިއުކޭޝަނުން ބުދަ ދުވަހު ބުނީ ގަވައިދަށް ގެނައި އިސްލާހުގައި ވާގޮތުން 50...

04 Dec 2024 | 17:38

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން އަށް އިސްލާހު ގެނެސްފި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުދަ ދުވަހު ބުނީ ގަވައިދަށް ގެނައި އިސްލާހުގައި ވާގޮތުން 50 އިންސައްތަ ކޮންޓްރޯލްޑް އެސެސްމަންޓް ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމުވާނެ ކަމަށެވެ.

އަދި އެފަދަ އެސެސްމަންޓްތަށް ކުރިއަށް ގެންދަންވާނީ "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން"އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމްކިޔުއޭ އިން ވަނީ ހާމަކޮށްފަ އެވެ.

އަދި މަތީ ތައުލީމުދޭ މަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދެވިފައިވާ ކޯސްތަށް ކުރިއަށް ގެންދިޔުމުގައި، އެ ގައިޑްލައިންއަށް ގެނެސްފައިވާ ބަދަލަށް އަމަލުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެ ގަވައިދަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ 2 ދުވަހުން ފެށިގެންނެވެ.

އަލަށް އެކުލަވާލި އުސޫލުގެ ދަށުން އެއްވެސް މޮޑިއުލް އަކީ ހަމައެކަނި އެސައިންމަންޓްތަކުގެ މައްޗަށް ބިނާވެފައިވާ މޮޑިއަލްއަކަށް ވެގެން ނުވާނެ ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.

މިއީ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުން ހުއްޓުވުމަށް ގެނައި ބަދަލެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެސައިންމަންޓް ހަދައިދިނުން ހުއްޓުވުމަށް އެސައިންމަންޓް ހަދައިދޭ މީހާ އާއި އަދި އެސައިންމަންޓް ހުށަހަޅާ މީހާ ވެސް ބޮޑު އަދަދުކުރަން ޖޫރިމަނާވެސް ކުރެވޭ ގޮތަށް މަތީ ތައުލީމުގެ ގާނޫނަށް ވަނީ ބަދަލުވެސް ގެނެސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް