ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ބިންތަކުގެ އަގު 5.4 ބިލިއަނަށް

ހުޅުމާލެއިން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހު...

04 Dec 2024 | 17:24

ހުޅުމާލެއިން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

ނިމިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯއްޗެއް ވަނީ ދޫކޮށްފަ އެވެ. އެ ގޯތިތަކުގެ ބަދަލުގައި ދައުލަތުން އެޗްޑީސީއަށް 5.4 ބިލިއަން ރުފިޔާ ދިނުމަށް އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ފައިސާ އަދިވެސް ނުލިބޭކަމަށް ފަޒުލް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ބިންތަކަށް 5.4 ބިލިއަން ރުފިޔާ ދައުލަތުން އެޗްޑީސީއަށް ދޭން ޖެހޭ އިރު އެ ގޯތިތަކުގެ ތެރެއިން ފޭސް 3 އިން ދޫކޮށްފައިވާ ބިންތައް ދިނުމަށް ފޭސް 3 ހިއްކަން ޖެހޭކަންވެސް ފަޒުލް ފާހަގަ ކުރެއްވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދޫކުރަން ނިންމި އިރު ގިރާވަރުފަޅުން 5،432 ގޯއްޗާއި ގުޅިފަޅުން 2،218 ގޯތި ދޫކުރަންވެސް ނިންމި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް