ޕްރޮގްރެސިވް ކޯލީޝަންގެ މާލޭ ސިޓީ މޭޔަރު ކަމުގެ ޓިކެޓު އާޒިމާއަށް ކަށަވަރުވެއްޖެ

ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނަށް ޕްރޮގްރެސިވް ކޯލީޝަންގެ ޓިކެޓު ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރަށް ކަށަވަރުވެއްޖެއެވެ. މިކަން ހާމަކޮށް އެ ކޯލީޝަނުން މިއަދު ބުނެފައިވަނ...

04 Dec 2023 | 17:17

ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނަށް ޕްރޮގްރެސިވް ކޯލީޝަންގެ ޓިކެޓު ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރަށް ކަށަވަރުވެއްޖެއެވެ.

މިކަން ހާމަކޮށް އެ ކޯލީޝަނުން މިއަދު ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންއިން މޭޔަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ އުސްތާޛާ އާޒިމާ ޝަކޫރު އެކަނި ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުއިއްޒު، ރައީސްކަމަށް ހޮވި، ރައީސްކަމުގެ ހުވާ ކުރެއްވުމަށް އެ މަޤާމުން އިސްތިޢުފާ ދެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި މޭޔަރު ބައި އިލެކްޝަން ބާއްވާނީ އަންނަ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް