އައްޑޫ ސިޓީ މާރާމާރީތަކާއި ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ މާރާމާރީތަކާއި ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން ފުރަތަމަ މާރާމާރީއާއި ގުޅިގެން އެކަކު އަދި ދެވަނަ މާރާމާރީއާއި ގުޅިގެން ދެވަނަ މީހަކު ހައްޔަރުކޮށ...

04 Dec 2023 | 15:51

އައްޑޫ ސިޓީގައި ހިންގަމުން އަންނަ މާރާމާރީތަކާއި ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ފުރަތަމަ މާރާމާރީއާއި ގުޅިގެން އެކަކު އަދި ދެވަނަ މާރާމާރީއާއި ގުޅިގެން ދެވަނަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ފުރަތަމަ މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ދެވަނަ މާރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވެއެވެ.

ދެވަނަ މާރާމާރީއެއް ހިންގާފައިވަނީ ފުރަތަމަ މާރާމާރީއާއި ގުޅިގެން ފުލުހުން އައްޑޫ ސިޓީގައި ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުން އަންނަނިކޮށެވެ. ދެވަނަ މާރާމާރީއެއް ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ މާރާމާރީގައިވެސް ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް