ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2023 ހުޅުވާލައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ 10 ޖަނަވަރީ 2024 އެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ހިތާނީ ކޭމްޕްގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް ، އަދި ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަރ ހިމެނިވަޑައިގަންނަވައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްތަކުގައި އަބަދުވެސް ކުދިންގެ ހަޔާތުގައި މި މުހިންމު ވަގުތުގައި ފެންވަރު ރަނގަޅު ކޮލިޓީ ސިއްހީ ހިދުމަތް އަންނަނީ ދެމެންނެވެ. މި އަހަރުވެސް މެހެމާނުންނަށް ކާމިޔާބު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެވެ." އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރު ޑރ. އުކަތަމް އަބްދުއްލާޔެވް ފަހާގަކުރެއްވިއެވެ.
ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯއްދަވާ މެހެމާނުން ދައްކަވަން ޖެހެނީ 5000ރ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެއެވެ.
ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 އަށް ގުޅުއްވާލަދެއްވުން އެ ހޮސްޕިޓަލުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް