ވިހާފައި ދަރިފުޅު ގޮނޑަށް އެއްލާލި މައްސަލައިގާ ހައްޔަރުކުރި އަންހެންމީހާ ޝަރީޢަތް ނިމެންދެން ބަންދު

އދ. ދިގުރަށުގައި ވިހާފައި ތުއްތު ކުއްޖަކު ކޮތަޅަކަށް ލާފައި ގޮނޑަށް އެއްލާލި މައްސަލައިގާ ހައްޔަރުކުރި ބިދޭސީ އަންހެންމީހާ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން އެ އަމުރ...

04 Dec 2023 | 09:48

އދ. ދިގުރަށުގައި ވިހާފައި ތުއްތު ކުއްޖަކު ކޮތަޅަކަށް ލާފައި ގޮނޑަށް އެއްލާލި މައްސަލައިގާ ހައްޔަރުކުރި ބިދޭސީ އަންހެންމީހާ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން އެ އަމުރުކޮށްފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުންނެވެ.

ކޮތަޅަކަށްލާ އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނުނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. މެންދުރުފަހުގެ ވަގުތެއްގައި އެ މައްސަލައާއި ގުޅިގެން، ސްރީލަންކާއށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެ އައިސް މާލެއިން ލަންކާއަށް ފުރަންގޮސް އެއާޕޯޓުގައި ހުއްޓައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް