ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު

ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސައިފިއެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ މ...

04 Dec 2023 | 05:23

ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސައިފިއެވެ.

މިކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު އިއުލާނުކުރެއްވިއެވެ.

މޫސާ ސިރާޖަކީ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އޭނާ ވަނީ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައި، ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް