ޒަމާންވީ ގިނަ އަދި ބޮޑެތި އަދަދުތަކުގެ ދަރަނިތަކެއް އަހަރެއްހާ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ޕާކިސްތާނުން ނިންމައިފިއެވެ.
އޮޕްޓިމަސް ކެޕިޓަލް މެނޭޖްމަންޓާ ހަވާލާދީ އެކްސްޕްރެސް ޓްރިބިއުން އިން ބުނި ގޮތުގައި ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުން ބޭރުގެ ދަރަންޏާއި ދަރަނި އަދާކުރުމުގެ ޖުމްލަ 26.3 ބިލިއަން ޑޮލަރު ދައްކަން ވަނީ ހަމަޖެހިފަ އެވެ.
ސެކިއުރިޓީޒް ފާމުން ނެރުނު ކުރު ބަޔާނެއްގައި ބުނީ 12 މަސް ދުވަހުގެ ފޯވާޑް އެކްސްޓާނަލް ޕްރިންސިޕަލް އަދި އިންޓްރެސްޓް ލައިބިލިޓީސް 26.3 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު 8.9 ބިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.
ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދާދި ފަހުން ނަގާފައިވާ ލޯނުތަކާ އެކު ވެސް އެވެ.
ދަރަނި ދެއްކުން އިތުރުވުމާއި ރިޒާވް ދަށްވުމާ ދެމެދު އުފެދިފައިވާ ތަފާތުތަކުގެ ސަބަބުން ގައުމު ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފަ އެވެ. އެކްސްޕްރެސް ޓްރިބިއުން އިން ބުނި ގޮތުގައި އިކޮނޮމިކް މެނޭޖަރުން ތިބީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް އެ ގައުމުން ދަރަނި އަނބުރާ ދެއްކުމަށް ޑިފޯލްޓް ނުވާނެ ކަމަށާއި ބައިނަލްއަގުވާމީ ހުރިހާ ފައިސާއެއް ވަގުތުން ކާމިޔާބުކަމާ އެކު ދައްކާނެ ކަމަށް އަންދާޒާ ކުރަމުންނެވެ.
ޕާކިސްތާނު ސަރުކާރުން ދަނީ އިމްޕޯޓް އިތުރުވަމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު މި އަހަރު ފެށުނީއްސުރެ، އެ ފަރާތްތަކުން ވަނީ ލިމިޓެޑް ފޮރިން އެކްސްޗޭންޖް ރިޒާވް މެނޭޖް ކުރުމަށް އިދާރީ ފިޔަވަޅުތައް ބޭނުންކޮށްފަ އެވެ.
މީގެ އިތުރުން އައިއެމްއެފްގެ 6.5 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމްގެ ދަށުން އިގްތިސާދުގެ ނުވަ ވަނަ ރިވިއު ކުރިއަށް ގެންދިއުން ލަސްވުމުގެ ސަބަބުން އެ ގައުމުގެ ފޮރިން ޕޭމަންޓްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު އެގައުމުން 21.1 ބިލިއަން ޑޮލަރު ދައްކާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެކްސްޕްރެސް ޓްރިބިއުނުން ބުނި ގޮތުގައި 2022 ވަނަ އަހަރު އެކްސްޓަރނަލް ޕްރިންސިޕަލް އަދި އިންޓްރެސްޓް ލައިބިލިޓީގެ ގޮތުގައި 18.7 ބިލިއަން ޑޮލަރު ވަނީ ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް