ފަހަތުން މީހުން ދުވުމަކީ ލިބޭ އުފަލެއް ކަމަށް ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން ބުނެފި އެވެ.
އަޖޭއަކީ ބޮލީވުޑްގައި ސަޕޯޓަރުން އެންމެ ގިނަ ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ގިނަ މީހުން އޭނާއަށް ސަޕޯޓުކޮށް ލޯބިވަނީ، އެކްޝަން ފިލްމުތަކުގައި އަޖޭގެ ކުޅަދާނަ އެކްޓިންގެ ސަބަބުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަޖޭ އުޅެނީ އޭނާގެ ކުރިޔަށް އޮތް ފިލްމު "ބޯލާ"ގެ ޝޫޓިންގައި ވަރަށް ބިޒީކޮށެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީވެސް އޭނާ އެވެ.
މި ފިލްމުގެ ޝޫޓިން ތެރެއިން ހިނގާފައިވާ އާދަޔާ ހިލާފު ކަމެއް އަޖޭ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައި އެވެ. އެ ވީޑިއޯއިން ފެންނަނީ އަޖޭ އާއި އިތުރު މީހަކު ސައިކަލެއްގައި ދާތަނެވެ.
ސައިކަލުގައި އަޖޭ ދާއިރު އޭނާގެ ސަޕޯޓަރުން ދިޔައީ އަޖޭ އަރުވާލައިގެން ސެލްފީއެއް ނެގޭތޯ އާއި އަޖޭގެ ފޮޓޯގަޑެއް ނގޭތޯ ސައިކަލް ފަހަތުން ދުވަމުންނެވެ. އޭގެ ތެރޭގައި އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުން ހިމެނެ އެވެ.
މި ވީޑިއޯ އާންމުކޮށް އަޖޭ ބުނެފައިވަނީ އޭނާ ދެކެ ލޯބިވާ އެތައް ބަޔަކު އެގޮތަށް ފަހަތުން ދުވުމަކީ އުފާވާ ކަމެއް ކަމަށެވެ. އަދި ސަޕޯޓަރުން ދެމުންދާ ލޯތްބަށް ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.
https://www.instagram.com/p/ClsPZsKJLRJ/
އަޖޭގެ "ބޯލޯ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް30 ގައި އެވެ. އަޖޭ އާއި އެކު އެ ފިލްމުން ތާބޫވެސް ފެނިގެންދާނެ އެވެ.
މި ދެތަރިން ފެނިގެންދާ ފިލްމު "ޑްރިޝްޔަމް2" ރިލީޒް ކުރީ މިދިޔަ މަހު އެވެ. އެ ފިލްމު ދަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް