ދެ ލައްކައެއްހާ ރުފިޔާގެ މައްސަލައެއްގައި އަންހެނަކު ހޯދާތާ އަހަރެއް، ދެވަނަ ފަހަރަށް އިއުލާނު ކޮށްފި

ދެ ލައްކައެއްހާ ރުފިޔާގެ މައްސަލައެއްގައި އަންހެނަކު ހޯދަން އަހަރެއް ފަހުން ދެވަނަ ފަހަރަށް އިއުލާނު ކޮށްފި އެވެ. އެމީހާ ހޯދަން އެންމެ ފުރަތަމަ ފުލުހުން އިއުލާނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވ...

04 Dec 2022 | 12:46

ދެ ލައްކައެއްހާ ރުފިޔާގެ މައްސަލައެއްގައި އަންހެނަކު ހޯދަން އަހަރެއް ފަހުން ދެވަނަ ފަހަރަށް އިއުލާނު ކޮށްފި އެވެ.

އެމީހާ ހޯދަން އެންމެ ފުރަތަމަ ފުލުހުން އިއުލާނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ އަންހެން މީހާ ހޯދަން މިއަދު އަނެއްކާވެސް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައި އެވެ.

ފުލުހުން ބުނީ ވެރިފަރާތަށް ނޭނގި އެހެން މީހެއްގެ އެކައުންޓަށް 180،000 އަށްވުރެ ގިނަ ރުފިޔާ ފޮނުވާފައިވާ މައްސަލަ އާއި ގުޅިގެން އޭނާ ހޯދަމުންދާ ކަމަށެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ އެ ފައިސާ ޓްރާންސްފާ ކުރި ކަމުގެ ތުހުމަތެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުންނެވެ. ފުލުހުން ބުނީ އަހަރާއި ތިން މަސްވީއިރުވެސް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރު ފުލުހުން ވަނީ އެ އަންހެން މީހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް އާންމުކޮށްފައި އެވެ.

https://www.youtube.com/watch?v=zSgETn18I2M&t=3s

މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުމަށް އެދިފައިވެ އެވެ.

ފުލުހުން ވަނީ އާންމުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް