ކައިވެންޏަށް އެދި އަންހެނުން ގުޅައި، މެސެޖު ކުރަމުންދާ ސައުތް ކޮރެއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ ޗު ގީ-ސަންގެ ލޯބިވެރިޔަކު ހުންނަކަން ހާމަވެއްޖެ އެވެ.
އެޓީމުގެ މެމްބަރަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކައިވެންޏަށް އެދި މެސެޖުކޮށް ގުޅާވަރުން އޭނާ އަށާއި ޓީމު މެމްބަރުންނަށް އުނދަގޫވާތީ ގީސަން ގިނަ ވަގުތު އުޅެނީ ފޯނު ނިއްވާލައިގެންނެވެ. އެ ފޯނު ހުޅުވާފައި އޮންނަ ވަގުތެއްގައި މުޅިންވެސް އިވޭނީ ފޯނު ރިންގުވާ އަޑު ނޫނީ އޭނާގެ ފޯނަށް މެސެޖު އަންނަ އަޑު ކަމަށެވެ.
ރީތި ސިފަތަކެއް ލިބިފައިވުމުން ގަތަރުގައި ކުރިޔަށްދާ ވޯލްޑްކަޕް ފެށުނީންސުރެ ފިލްމީ ތަރިއަކަށްވުރެ މަޝްހޫރުކަން ލިބިފައިވާ ގީ-ސަން އާއި ގުޅޭގޮތުން މިހާރު ބައިނަލްއަގުވާމީ ނޫސްތަކުންދަނީ އެތައް މައުލޫމާތެއް ހޯދަމުންނެވެ. އެގޮތުން އެންމެ ހިނގަނީ އުމުރުން 24 އަހަރުގެ ކުޅުންތެރިޔާގެ ލޯބީގެ ވާހަކަތަކެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފުރަތަމަ އަޑު ފެތުރުނު ގޮތުގައި އޭނާ ރައްޓެހިވެގެން އުޅެނީ ސައުތް ކޮރެއާގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ޖީ މިންޖޫ އާ އެވެ. އެކަމަކު އެވާހަކަ މިންޖޫ އާ ގެ އެޖެންސީން ދޮގު ކުރެ އެވެ.
އޭގެ ފަހުން ވަރަށް ސިއްރު މައުލޫމާތެއް ކަމަށްބުނެ ހާމަވި ގޮތުގައި ގީ-ސަން ރައްޓެހިވެގެން އުޅެނީ އެއްވެސް ދާއިރާއަކުން މަޝްހޫރު މީހަކާއި ނޫނެވެ. އޭނާގެ ލޯބިވެރިއަކީ އެ ގައުމުގެ މަޝްހޫރު މިއުޒިކް ގްރޫޕެއް ކަމަށްވާ "ބިއްލީ" ގާލްސްގެ މެމްބަރެއް ކަމަށްވާ ހަރަމްގެ ދޮށީ ދައްތައާއި އެވެ.
އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ ދެތިން އަހަރުވެފައިވާއިރު ރަސްމީކޮށް އެކަން ރަހުމަތްތެރިންނަށް އިއުލާނު ކުރުމަށް ދެމީހުންގެ އެކުވެރިންނަށް ކެއުމެއް ދިންކަމަށްވެ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު މިލިޓަރީ ހިދުމަތް ނިންމި ޖީ-ސަން ހިދުމަތުގައި ހުރި މުއްދަތުގައިވެސް ދެ މީހުންގެ ގުޅުމަށް އެއްވެސް ބުރޫއެއް ނާރައި، ވަރަށް ވަރުގަދަކޮށް އޮތް ކަމަށްވެ އެވެ.
މި ހަބަރު ވެގެންދާނީ ޖީ-ސަން ރީތިވެގެން އިންނަން އެހި މީހުންގެ ނިދިގެއްލޭނެ ހަބަރަކަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް ސައުތް ކޮރެއާ ކުޅުނު އެންމެ ތިން މެޗުން ގީ-ސަންއަށް އެވަރުގެ ތަރުހީބެއް ލިބޭނެ ކަމަށް ބަޔަކު ހީވެސް ނުކުރެ އެވެ. އޭނާގެ މަގޫބުލުކަން އިތުރުވިވަރު އެނގުނީ އިންސްޓަގްރާމުގައި 20،000 މީހުން ފޮލޯ ކުރަމުންދިޔަ ގީ-ސަންގެ ފޮލޯވަރުންގެ އަދަދު ދެތިން ހަފްތާ ތެރޭގައި 1.6 މިލިއަނަށް އެރުމެވެ.
ރީތި ސިފައިން ސައުތް ކޮރެއާ ޓީމު މަޝްހޫރު ކޮށްދެމުންދާއިރު އޭނާ ދަނީ ޓީމަށް ބުރަ މަސައްކަތްތަކެއް ކޮށްދެމުންނެވެ. އެގޮތުން މި މުބާރާތުގައި ގާނާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ގީ-ސަން ވަނީ ސައުތް ކޮރެއާއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް