މުޒާހަރާތަކުގެ ޕްރެޝަރާއި ހެދި ޗައިނާގެ "ޒީރޯ ކޯވިޑް" ސިޔާސަތަށް ލުއި ދީފި

ޗައިނާ ސަރުކާރުން ގެންގުޅެމުންދާ "ޒީރޯ ކޯވިޑް" ސިޔާސަތަށް އެންމެ ފަހުން ލުއިދޭން ނިންމައިފި އެވެ. 2019 ވަނަ އަހަރު ފަހުކޮޅު އެ ގައުމުގެ ވޫހާންއިން ފެނުނު ކޯވިޑް-19 ބައްޔާއި ގުޅިގެން އެޅިފިޔަވަޅުތަކާއި...

04 Dec 2022 | 05:01

ޗައިނާ ސަރުކާރުން ގެންގުޅެމުންދާ "ޒީރޯ ކޯވިޑް" ސިޔާސަތަށް އެންމެ ފަހުން ލުއިދޭން ނިންމައިފި އެވެ.

2019 ވަނަ އަހަރު ފަހުކޮޅު އެ ގައުމުގެ ވޫހާންއިން ފެނުނު ކޯވިޑް-19 ބައްޔާއި ގުޅިގެން އެޅިފިޔަވަޅުތަކާއި އެކު އަދިވެސް އެ ގައުމު އާންމު ހާލަތަކަށް ނުގެނެ އެވެ. ޕްރެޝަރު ބޮޑުވެ ލުއިދޭން މަޖުބޫރުވީ މިދިޔަ މަހުން ފެށިގެން ކުރަން ފެށި މުޒާހަރާތަކާއި ގުޅިގެންނެވެ.

"ޒީރޯ ކޯވިޑް" ސިޔާސަތުގެ ދަށުން ސަރުކާރުން ދަނީ ކޯވިޑް ބަލީގެ ކޭސްއެއް ފެންނަ ކޮންމެ ސަރަޙައްދެއް އަދި ރަށެއް ފުރަބަންދު ކުރަމުންނެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ.

ކަރަންޓީންވާން ދެކޮޅު ހަދާ މީހުންގެ ގަދަ ކަމުން ފެސިލީޓީތަކަށް ގެންދިއުމާއި ބައެއް ހާލަތްތަކުގައި ޢާންމުންގެ ގެދޮރު ނުހުޅުވޭ ގޮތަށް ތަޅު އެޅުވުން ފަދަ އަމަލުތައް ވެސް ހިންގާފައިވެއެވެ. ބަލި ފެތުރެން ފެށުމުން ބަންދު ކުރާ ސަރަހައްދުތަކުގެ ފުރަބަންދު އުވައިލަނީ، އެ ސަރަޙައްދެއްގައި ބަލި ޖެހިފައިވާ އެންމެން ބަލިން ފަސޭހަވުމުންނެވެ.

މި ސިޔާސަތާއި ދެކޮޅަށް މުޒާހަރާ ކުރަމުންދަނީ ވެރިރަށް ބެއިޖިން، ވިޔަފާރީގެ ސިޓީ ޝެންހާއީ އާއި ޝެންޒެންގެ އިތުރުން ގުއަންގްޒޫއާއި ޗެންގްޑޫއާއި ޓިއަންޖިން ހިމެނެ އެވެ.

ސިޔާސަތުތަކަށް ލުއި ދިނުމުގެ ގޮތުން މަގުތަކުގައި ޖަހާފައިވާ ކޯވިޑަށް ޓެސްޓު ކޮށްދޭ ތަންތަން ވަނީ ނަގަން ފަށާފައެވެ. އާންމުން އެއްވާ ތަންތަނަށް ވަނުމުގެ ކުރިން ޕީސީއާރް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ބޭނުންވާ ގޮތަށް އޮތް ސިޔާސަތު ވަނީ ނިމުމަކަށް ގެނެސްފައި އެވެ.

މިހާރު ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރުމާއި ޕާކުތަކަށް ވަނުމަށް ވެސް ނެގެޓިވް ނަތީޖާއެއް ބޭނުމެއް ނުވެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރުމުގެ އުސޫލަށް ވެސް ބައެއް ރަށްރަށުގައި ވަނީ ލުއި ދީފައެވެ.

ޗައިނާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ވަނީ މަރުހަބާ ކިޔާފައި އެވެ.

ޗައިނާގައި އާންމުން ސަރުކާރާއި ދެކޮޅަށް ނުކުތީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިގްތިސޯދު ހުޅުވާނުލައި ބޭއްވުމުން އާންމުންގެ ވަޒީފާތައް ގެއްލި ގިނަ އަދަދެއްގެ ފެކްޓްރީތައް ބަންދު ކުރަން ޖެހުމުންނެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި ކޯވިޑް ފިޔަވަޅުތަަކަށް ބޮޑެތި ލުއިތަކެއް ދީފައި މިވަނީ ކޯވިޑްގެ އިތުރު ރާޅެއް އަރަމުންދާތަން ފެންނަމުންދާ ދަނޑިވަޅެއްގައި އެވެ. އެގޮތުން މިހާރު ޗައިނާގައި ދުވާލަކު 30،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް