އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ހެނދުނު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮން ފެށިގެން ވ. އަތޮޅާއި ދެމެދަށެވެ...

04 Dec 2022 | 03:31

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ހެނދުނު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮން ފެށިގެން ވ. އަތޮޅާއި ދެމެދަށެވެ.

އެ ސަރަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު 6:00 ން 11:00 އަށެވެ.

އެ އިދާރާއިން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އެކަމަކު ކަނޑުތައް ވަރަށް މަޑުވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް