ސިޑިގޮޅިއަކަށް ވެއްޓުނު ބިދޭސީއަކު މަރުވެއްޖެ

މާލޭ ގެއެއްގެ ސިޑިގޮޅިއަކަށް ވެއްޓުނު ބިދޭސީއަކު މަރުވެއްޖެވެ. މިފަދަ ހާދިސާއެއްގައި މަރުވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ، އުމުރުން 47 އަހަރުގެ ރޮއްޓަން އެވެ. ފުލުހުން ބުނެފައިވާގޮތުގައި މާލޭ، ...

04 Nov 2025 | 16:00
އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ފަޅި - ފައިލް ފޮޓޯ: ދުވަސް

އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ފަޅި - ފައިލް ފޮޓޯ: ދުވަސް

މާލޭ ގެއެއްގެ ސިޑިގޮޅިއަކަށް ވެއްޓުނު ބިދޭސީއަކު

މަރުވެއްޖެވެ.

މިފަދަ ހާދިސާއެއްގައި މަރުވެފައިވަނީ ބަންގްލަދޭޝް

އަށް ނިސްބަތްވާ، އުމުރުން 47 އަހަރުގެ ރޮއްޓަން އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މާލޭ، މާފަންނުގައި

ހުންނަ ގެއެއްގެ ހަ ވަނަ ފަންގިފިލާއިން އެ ގޭ ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާކަމުގެ

މަޢުލޫމާތު ލިބުނީ މިރޭ 06:29 ހާއިރުގައެވެ.

"އެމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް

ގެންގޮސްފައި" ކުރިން ފުލުހުން ބުނެފައިވެއެވެ.

އެއަށްފަހު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން

ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު

ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް