މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް -
ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ
ހަވާލުވި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ޏ.
ފުވައްމުލައް، މާލެގަން، ބުރެވިމާގޭ، އުމުރުން 26 އަހަރުގެ ޢަލީ ޝަހުދެވެ.
އޭނާގެ ބަންދު އަމުރުން އެނގޭގޮތުގައި އޭނާ
ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ޓްރެފިކް
ކުރުމުގެ ތުހުމަތުގައެވެ.
ޝަހުދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު
އޭނާ ހަވާލުވި ފޮށީގައި ހުރި ފޯލްސް ބޮޓޮމް އިން ގިނަ އަދަދެއްގެ މަސްތުވާތަކެތި
ފެނިފައިވާކަމަށް އައިއޯ ފާހަގަކުރާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
"މި ލަގެޖަކީ ރައްޓެއްސަކު ފަނަރަ ހާސް ރުފިޔާ
ދޭނެކަމަށް ބުނުމުން މީނާ ހަވާލުވި ފޮއްޓެއްކަމަށް މީނާ ސީނުގައި ބުނެފައިވާކަމަށް
އައިއޯ ފާހަގަކުރި" ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހައްޔަރު އަދި ބަންދު ރެކޯޑުވެސް އޮތް ފަރާތެއްކަންވެސް
ބަންދު އަމުރުގައި ފާހަގަކޮށްފައިވާއިރު ކޮންޓްރޯލް ޑެލިވަރީ ހިންގުމަށް އޭނާގެ
ފަރާތުން އެއްބާރުލުން ލިބިފައިނުވާކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ. އަދި
ފޯނުގެ ޕާސްވޯޑުވެސް ކިޔައިދީފައިވަނީ ނުބައިކޮށް ކަންވެސް އައިއޯ
ފާހަގަކޮށްފައިވެއެވެ.
ކޮންޓްރޯލް ޑެލިވަރީއަށް އެއްބާރުލުން ނުދިނީ ފުލުހުން
ޢަމަލުކުރިގޮތުން ކަމަށް ދިފާއީ ވަކީލު ފާހަގަކޮށްފައިވާކަމަށްވެސް ބަންދު
އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް