355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދަކުން ނޫން: ފުލުހުން

ލަންކާގެ ބޯޓަކަށް 355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދުންކަމަށް ބުނާ ޚަބަރު ދިވެހި ފުލުހުން ދޮގުކޮށްފިއެވެ. މި ޚަބަރު ދިވެހި ފުލުހުން ދޮގުކުރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރުމ...

04 Nov 2025 | 06:22
ސީދޭވީ ބޯޓާއި މަސްތުވާތަކެތި -

ސީދޭވީ ބޯޓާއި މަސްތުވާތަކެތި -

ލަންކާގެ ބޯޓަކަށް 355 ކިލޯ މަސްތުވާތަކެތި

ބަރުކުރީ ރާއްޖެ ސަރަހައްދުންކަމަށް ބުނާ ޚަބަރު ދިވެހި ފުލުހުން ދޮގުކޮށްފިއެވެ.

މި ޚަބަރު ދިވެހި ފުލުހުން ދޮގުކުރީ ލަންކާގެ

ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރުމަށްފަހު ކަމަށް ފުލުން ބުނެއެވެ.

"ޝްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ

މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި

ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ކަށަވަރު ކޮށްދީފަ" ފުލުހުން ބުނެފައިވެއެވެ.

ލަންކާގެ ނިއުސް އެލްކޭ ނޫހުގެ މިއަދުގެ ޢަދަދުގައި

ލަންކާ ފުލުހުންނާ ހަލާދީ ބުނެފައިވަނީ އެ ކޮންސައިންމެންޓް ބަރުކުރީ ރާއްޖޭގެ

ކަނޑުގެ ސަރަހައްދުން ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ފަތިހު ލަންކާގެ ނޫހުން

އަތުލައިގަތް ސީދޭވީ ނަމަކަށް ކިޔާ އެ ބޯޓުން 355 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު

އެއީ 251 ކިލޯ 18 ގްރާމްގެ ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ކަމަށް ލަންކާ

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެ ބޯޓުން ހަ މީހަކު ހައްޔަރުކޮށް މި މަހުގެ

އަށްވަނަ ދުވަހާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް