އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ...

04 Nov 2025 | 04:37
ފޮޓޯ: ޕީއެސްއެމް ނިއުސް

ފޮޓޯ: ޕީއެސްއެމް ނިއުސް

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ތަޢުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޢިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވީއިރުު އުމުރުފުޅަކީ 73 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް