ރަބީޗަންދަރަ ތިންގް-
ބަނގުރާ ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ
މައްސަލައިގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލު
ރައްޔިތެއް ކަމުގައިވާ، އުމުރުން 34 އަހަރުގެ ރަބީޗަންދަރަ ތިންގް އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ
30 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު
ކަމަށާއި އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް
ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ދެ ފުޅި ފެނިފައިވާކަމަށް ފުލުހުން
ބުނެފައިވެއެވެ.
"އަދި މި މައްސައާ ގުޅިގެން، އޭނާ ދިރިއުޅޭ ކޮޓަރި
ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 45 ފުޅި ފެނިފައިވޭ"
ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް
ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ބޮގަރަކީ ބަނގުރަލުގެ ލޯކަލް ވައްތަރަށް
ޒަމާނުއްސުރެއް މަގުމަތީ ނަމެއްގެ ގޮތުގައި ކިޔަމުން ނަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް