ސްރީދޭވީ ބޯޓުން އަތުލައިގަތް މީހުންނާއި މަސްތުވާތަކެތި -
ލަންކާ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ނޭވީ
އިން ޚާއްޞަ އޮޕަރޭޝަނެއް ފެށީ އާދީއްތަ ދުވަހުގެ ފަތިހު 05:30 ހާއިރުގައެވެ.
06:00 ހާއިރު، ސްރީ ދޭވީ ނަމަކަށްކިޔާ ބޯޓެއް
ނޭވީގެ ލަންކާ ކައިރިން ނޭވީގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ ބޯޓުން ހަ މީހަކު ހައްޔަރުކުރިއެވެ. އަދި އެ
ބޯޓުން އެކު ޖުމުލަ 335 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް ހަމަ އެ
ދުވަހު ރިޕޯޓުކުރިއެވެ.
އެ ބޯޓު ދިކޮވިޓާ ބަނދަރަށް ގެންގޮސް ކަމާބެހޭ ފަރާތްތަކާއި
މަސްތުވާ އެ ތަކެތި ހަވާލުކޮށްފައިވާއިރު އޭގައި ހިމެނެނީ 251 ކިލޯ 18 ގްރާމް
ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން އެވެ.

ހައްޔަރުކުރި މީހުން މި މަހުގެ އަށްވަނަ ދުވަހާއި ހަމައަށް
ބަންދަށް މުއްދަތު ޖަހާފައިވާއިރު ލަންކާ ފުލުހުންނާއި ހަވާލާދީ ލަންކާ މީޑިއާގައި
މިއަދު ބައެއް އިތުރު ތަފުސީލު ހާމަކޮށްފައިވެއެވެ.
އެގޮތުން މިއަދު ހާމަކުރި ތަފުސީލަށް ބަލާއިރު އެ
މަސްތުވާތަކެތި ސްރީދޭވީއަށް ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންކަމަށް ފުލުހުންނާ
ހަވާލާދީ ރިޕޯޓުކޯށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް