ބޮލީވުޑް ތަރި ސަނީ ލިއޯން އާއި ޑެނިއެލް ވެބަރ ރާއްޖޭގައި އެ ދެމަފިރިންގެ ކައިވެނީގެ ވައުދު އާކޮށްފައިވާކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
އިންޑިއަން ޓައިމްސްގެ އީ ޓައިމްސްއަށް މައުލޫމާތުދެމުން ސަނީގެ ވަރަށް އަރިސް މީހަކު ބުނެފައިވަނީ ސަނީއާއި ޑެނިއެލްގެ ކައިވެންޏަށް 13 އަހަރު ފުރިފައިވާއިރު ކައިވެނީގެ ވައުދު އާކުރަން އެ ދެމަފިރިން ރާވަމުން އަންނަތާވެސް ވަނީ އަހަރުތަކެއް ވެފައެވެ.
އެ މަސްދަރާ ހަވާލާދީ ބުނެފައިވާގޮތުގައި ސަނީ އާއި ޑެނިއެލް ރާއްޖޭގައި އެ ދެމަފިރިންގެ ކައިވެނީގެ ވައުދު އާކުރީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެ ދެމަފިރިންގެ ތިން ދަރިންކަމުގައިވާ ނިޝާ، ނޯއާ އަދި އަޝާ ބައިވެރިވިކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް