ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރު ހޯދައިދޭނަން: ރައީސް

ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރުގެ ތެރޭގައި ހޯދައި ދެވޭނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާ...

04 Nov 2024 | 08:47

ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް އަންނަ އަހަރުގެ ތެރޭގައި ހޯދައި ދެވޭނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި،އަދި ޢަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ސިފައިންގެ ޚިދުމަތްތައް ހަރުދަނާކުރުމަށެވެ. އަދި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީހުން ތަމްރީނު ކުރުމަށް ގައުމީ ފެންވަރުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ބިން އިތުރުކޮށް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެ ސް ހަރުދަނާކުރަން ޖެހޭ ކަމަށާއި. އަދި އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މިހާރު ވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީ ބައެއް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އަދި ހަތިޔާރާއި ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައ މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް