ދިވެހިންގެ ތެރޭގައި ދީނީ ރޫޙު އަށަގަނެ، ޤުރުއާނަށް ޝައުޤުވެރިކަން އުފެދުނީ މައުމޫނުގެ ޒަޢާމަތުގަ: އާދަމް ޝަރީފު

ދިވެހިންގެ ތެރޭގައި ދީނީ ރޫޙު އަށަގެނެ، ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަން އުފެދުނީ ކުރީގެ ރައީސް މައުމޫނުގެ ޒަޢާމުތުގައި ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވ...

04 Nov 2024 | 08:34

ދިވެހިންގެ ތެރޭގައި ދީނީ ރޫޙު އަށަގެނެ، ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަން އުފެދުނީ ކުރީގެ ރައީސް މައުމޫނުގެ ޒަޢާމުތުގައި ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫގައި ބޭއްވި "ތިލަދެކުނު ޤުރުއާން މުބާރާތް 2024" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވަޒީރު ވިދާޅުވީ ރައީސް މަައުމޫންގެ ވެރިކަމުގެ ކުރިން ރާއްޖޭގައި ޤުރުއާން ކިޔަވަން ނޭނގޭ ބަޔަކު އުޅުނު ކަމަށާއި ހަނދާންހުރީއްސުރެ، ރާއްޖޭގައި މީގެ ސާޅީހަކަށް އަހަރުކުރިން ރީއްޗަށް ޤުރުއާން ކިޔަވަން ނޭނގޭ ގިނަ ބަޔަކު ރާއްޖޭގައި ދިރިއުޅެމުން އައިކަމަށެވެ.

"ރާއްޖޭގައި އަޅުގަނޑުމެން ހަނދާން އެބަހުރި މީގެ ސާޅީހަކަށް އަހަރުކުރިން ރީއްޗަށް ޤުރުއާން ކިޔަވަން ކީއްކުރަންތޯ؟ ހަމައެއްގޮތަކަށް ވެސް ޤުރުއާން ކިޔަވަން ނޭނގޭ ގިނަ ބަޔަކު ރާއްޖޭގައި ދިރިއުޅެމުން އައި." އާދަމް ޝަރީފު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ދީނީ ރޫޙު އަށަގަނެ، ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައީ މައުމޫނުގެ ޒަޢާމަތުގައި، ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫއު ޢާއި، ސަރުކާރުން އެ ކަމަށް ދިން އިސްކަމާއި، ކުރި ޚާއްޞަ މަސައްކަތުގެ ސަބަބުން ހޭލުންތެރިކަން އުފެދި އަދި ސްކޫލްތަކުގައި ވެސް ޤުރުއާން ކިޔަވައި ދިނުމަށް ދިން ސަމާލުކަމުގެ ސަބަބުން ކަމަށެވެ.

އަދި ދީނީ ރޫޙު އާލާވެ، ޚާއްޞަކޮށް ޤުރުއާން ކިޔެވުމަށް ބޮޑު ސަމާލުކަމެއް މިއަދު ދެވިފައި ވަނީ މައިންބަފައިންނާއި، ސުކޫލުތަކުން އެ ކަމަށްޓަކައި ވަމުންދާ ޤުރުބާނީގެ ސަބަބުން ކަމަށެވެ. އަދި އެއީ އެންމެން ވެސް ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެއް ކަމަށް ވަޒީރު ޝަރީފް ވިދާޅުވި އެވެ.

އޭނަ ފާހަގަ ކުރެއްވި ގޮތުގައި ދިމާވާ ބޮޑެތި މުސީބާތްތަކާއި، އެކިއެކި ބަލިމަޑުކަމުން ސަލާމަތްވުމުގައި ވެސް އެންމެ ބޮޑަށް ބޭނުން ކުރަން ޖެހޭ ހަތިޔާރަކީ ކީރިތި ޤުރުއާން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް