ބަޖެޓު 25: ބަޖެޓު ކޮމިޓީގެ މުގައްރިރުކަމަށް ފަޒާދު – ނައިބު މުގައްރިރުކަމަށް ސަލީމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާނެ ބަޖެޓް ކޮމިޓީ އެކުލަވާލައި ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވައިފިއެވެ. އެގޮތުން މުގައް...

04 Nov 2024 | 05:35

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާނެ ބަޖެޓް ކޮމިޓީ އެކުލަވާލައި ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވައިފިއެވެ.

އެގޮތުން މުގައްރިރުކަމަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ނައިބު މުގައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ހޮވާފައެވެ. މުގައްރިރާއި ނައިބު މުގައްރިރު ހޮވާފައިވަނީ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ބަޖެޓް ކޮމިޓީއިން ބަޖެޓްގެ މަސައްކަތް ނިންމާނެ ތާރީހެއްވެސް މިއަދު ފާސްކޮށްފައިވެއެވެ. އެގޮތުން އެ ތާރީހަކީ 20 ނޮވެމްބަރު ކަމުގައި ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.

ބަޖެޓު ކޮމިޓީގައި ތިއްބަވަނީ މުގައްރިރާއި ނައިބު މުގައްރިރުގެ އިތުރުން ޑރ. އަހްމަދު ޝަމްހީދު، އަހްމަދު ސަމީރު، އަލީ މޫސާ، އިބްރާހިމް ޝުޖާއު، އަބްދުﷲ ޝަރީފް، އަބްދުލްޣަފޫރު މޫސާ، އަމީން ފައިސަލް، މުހައްމަދު މަމްދޫހް، މުހައްމަދު ޢަފޫ ހާމިދު، މުހައްމަދު އައްބާސް، މައުރޫފް ޛާކިރު، މުހައްމަދު ޝާމިން ހަބީބު، އިބްރާހިމް ނާޒިލް، އަހްމަދު އަޒާން މަރުޒޫޤު، ޤާސިމް އިބްރާހިމް، އަޙްމަދު ނާޒިމް، އިސްމާއީލް ނިޒާރު، ޙަމަދު އަބްދުﷲ، ސައުދުﷲ ހިލްމީ އަދި އަސަދުﷲ ޝިހާބުއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 56 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް