ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސިލްސިލާ ސައްލާ ފޯރަމްތަކެއް ފަށަން ނިންމައި ފުރަތަމަ ފޯރަމް މިރެއަށް ތާވަލުކޮށްފިއެވެ.
އެގޮތުން މިރޭ ބާއްވާ ފޯރަމްގެ މައުލޫއަކީ "ގެދޮރުވެރިކަމުގެ ބަޖެޓު 2025" އެވެ.
މިރޭ ސައްލާ ފޯރަމްގައި ބައިވެރިވާނީ ޕީއެންސީގެ ނައިބުރައީސް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ލީގަލް އެފެއާޒް މުހައްމަދު ފިރުޒުލްގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބުވަޒީރު އަހްމަދު ސާއިދު މުސްތަފާއެވެ.
މި ފޯރަމް ކުރިއަށްދާނީ އާންމުންނަށް ބައިވެރިވެ ސުވާލުކުރެވޭގޮތަށް ކަމުގައި ޕީއެންސީން ބުނެއެވެ.
މިރޭގެ ފޯރަމް ތާވަލުކޮށްފައިވަނީ މިރޭ09:00ގައި ޕީއެންސީ ހަރުގޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް