އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ޗެލްސީ އަދި ޔުނައިޓެޑް ބައްދަލުކުރި މި މެޗު އެއްވަރުވެފައިވަނީ1-1 ގެ ނަތީޖާއިންނެވެ.
ރޭގެ މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 10 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގަ އެވެ. ޗެލްސީ އޮތީ 18 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.
މިއީ އެރިކް ޓެން ހާގް ކޯޗުކަމުން ވަކިކުރި ފަހުން ޔުނައިޓެޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗު ކަމަށްވާއިރު، މި މެޗުގައި ޔުނައިޓެޑަށް އިރުޝާދު ދީފައިވަނީ ވަގުތީ ކޯޗު އަދި ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ރޫޑް ވެން ނިސްޓަލްރޫއި އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 70 ވަަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. މިއީ ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލެންޑަށް ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ޔުނައިޓެޑަށް ލީޑުގައި އޮވެވުނީ ހަަތަރު މިނިޓެށެވެ. އެގޮތުން ޔުނައިޓެޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނީ މޮއިސަސް ކައެސޭޑޯ އެވެ.
ލީގުގައި ރޭ އިތުރު މެޗެއއްވެސް ވަނީ ކުޅެފައެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާސް އަދި އެސްޓަލް ވިލާ ބައްދަލުކުރި މެޗެވެ. މި މެޗު 4-1 އިން ކާމިޔާބު ކުރީ ޓޮޓެންހަމުންނެވެ. މި މޮޅާ އެކު، ޓޮޓެންހަމް އޮތީ ލީގުގެ ހަތް ވަނައިގައި 10 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.
ކުޅުނު 10 މެޗުން ލިބުނު 25 ޕޮއިންޓާއި އެކު ލީގުގެ އެއްވަނަ ލިވަޕޫލަށް ލިބޭއިރު، ދެވަނަ ލިބެނީ މެނެޗެސްޓަރ ސިޓީއަށެވެ. އެޓީމު ދެވަނަގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް