މަލާއިކާ އަރްޖުން ކަޕޫރަށް ދިނީ ތަފާތު ރައްދެއް

ރުޅިވިކަން ރަސްމީކޮށް އިއުލާނުކުރި އަރްޖުން ކަޕޫރަށް މަލާއިކާ ސޯޝަލް މީޑިއާގައި ތަފާތު ރައްދެއް ނުސީދާ ގޮތެއްގައި ދީފިއެވެ. އެގޮތުން ނޮވެމްބަރު މަސް ފެށުމުގެ ޕޯސްޓެއްގެ ގޮތުގައި އިންސްޓަގްރާމް ސްޓޯރީއ...

04 Nov 2024 | 00:52

ރުޅިވިކަން ރަސްމީކޮށް އިއުލާނުކުރި އަރްޖުން ކަޕޫރަށް މަލާއިކާ ސޯޝަލް މީޑިއާގައި ތަފާތު ރައްދެއް ނުސީދާ ގޮތެއްގައި ދީފިއެވެ.

އެގޮތުން ނޮވެމްބަރު މަސް ފެށުމުގެ ޕޯސްޓެއްގެ ގޮތުގައި އިންސްޓަގްރާމް ސްޓޯރީއަށް މަލާއިކާ ޕޯސްޓްކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ނޮވެމްބަރ މަހަކީ "ނޯ" ވެމްބަރ މަސް ކަމަށެވެ. މި މަހަކީ ބޭކާރު ކަންކަމާއި ބޭކާރު މީހުންނަށް "ނޯ" ބުނާ މަހުގެ ގޮތުގައި މަލާއިކާ ސިފަކޮށްފައިވެއެވެ.

ދެ ތަރިކަން ރުޅިކަން އަރްޖުން އިއުލާނުކުރީ ސިންގަމް އަގެއިންގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރޭގައެވެ.

2017 ވަނަ އަހަރު އަރްބާސް ޚާން ކައިރިން ވަރިވެ މަލާއިކާ އަރްޖުންއާއެކު ގުޅުމެއް ފެށީ 2018 ވަނަ އަހަރުގައެވެ. އަރްޖުން އާއި މަލާއިކާގެ އުމުރުގެ ތަފާތަކީ އަބަދުވެސް ގިނަ ބަޔަކު ފާޑުކިޔަމުންދިޔަކަމެކެވެ. އަރްޖުންގެ އުމުރަކީ 39 އަހަރެވެ. މަލާއިކާގެ އުމުރަކީ 51 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް