ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ވަނުމަކީ ފަސޭހަކަމެއް ނޫން: ރެޖީނާ ކަސާންޑްރާ

ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީއިން ގޮސް ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ވަނުމަކީ ފަސޭހަކަމެއް ނޫންކަމުގައި އަރަމުން އަންނަ ތަރި ރެޖީނާ ކަސާންޑްރާ ބުނެފިއެވެ. އޭނާ ބުނެފައިވަނީ ސައުތުގައި ފިލްމ...

04 Nov 2024 | 00:37

ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީއިން ގޮސް ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ވަނުމަކީ ފަސޭހަކަމެއް ނޫންކަމުގައި އަރަމުން އަންނަ ތަރި ރެޖީނާ ކަސާންޑްރާ ބުނެފިއެވެ.

އޭނާ ބުނެފައިވަނީ ސައުތުގައި ފިލްމުތަކުން ފުރުސަތު ލިބޭގޮތާއި ބޮލީވުޑްގައި ފިލްމުތަކުން މަސައްކަތް ލިބޭގޮތް ވަރަށް ތަފާތު ކަމަށެވެ. ސައުތުގައި އެކަން ކުރަނީ ޕީއާރް ފާމްތަކުން ނަމަވެސް ބޮލީވުޑްގައި އެކަން ކުރަން ޖެހެނީ ގިނަފަހަރު އަމިއްލައަށްކަން ފާހަގަކުރަމުން ރެޖީނާ ބުނެފައިވަނީ ބޮޑެތި އިވެންޓްތަކަށް އެޓެންޑް ވުމާއި ނެޓްވޯކިން ކުރިއަށް ގެންދިއުމާއި އަމިއްލައަށް އަމިއްލަ މީހާ ޕްރޮމޯޓް ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމުގައި އޭނާ ސިފަކޮށްފައިވެއެވެ.

މިހާރު ބޮލީވުޑް ބައެއް ފިލްމުތައް ކުޅެފައިވާ އަދި ކުރިއަށް ބޮލީވުޑް ބޮޑެތި ފިލްމުތަކަކަށް ސޮއިކޮށްފައިވާ ރަޖީނާ އިތުރަށް ބުނެފައިވަނީ ހިންދީ ބަސް އެނގުމަކީވެސް ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ވަނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމެއް ކަމަށެވެ.

ދެން އެންމެ އަވަހަށް ރިލީޒްވާނެ، ރެޖީނާގެ ފިލްމަކީ ތަމިލް ފިލްމެއް ކަމުގައިވާ ވިދާމުޔަރްޗީއެވެ. އެ ފިލްމު ޝޫޓިން ކުރިއަށްދާއިރު ބޮލީވުޑް ދެ ފިލްމެއްގައި ރެޖީނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ސަނީ ޑިއޯލްއާއެކު ފެނިގެންދާނެ ފިލްމު ޖަޓް އާއި ނަވާޒުއްދީން ސިއްދީޤީއާއެކު ފެނިގެންދާނެ ސެކްޝަން 108 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް