ޗައިނާގައި ކައިވެނިކުރާ އަދަދު ބޮޑުތަނުން މަދުވެއްޖެ

ޗައިނާގައި ކައިވެނިކުރާ އަދަދު ބޮޑުތަނުން މަދުވަމުން އަންނަކަމުގައި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން އިއްޔެ އެ ގައުމުން ހާމަކުރި ތަފާސް ހިސާބުން އެނގޭގޮތުގައި މި އަހަރުގެ ފާއިތުވި ނުވަ މަހާ...

04 Nov 2024 | 00:20

ޗައިނާގައި ކައިވެނިކުރާ އަދަދު ބޮޑުތަނުން މަދުވަމުން އަންނަކަމުގައި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން އިއްޔެ އެ ގައުމުން ހާމަކުރި ތަފާސް ހިސާބުން އެނގޭގޮތުގައި މި އަހަރުގެ ފާއިތުވި ނުވަ މަހާއި ކުރީ އަހަރުގެ ނުވަ މަހާއި އަޅާ ބަލާއިރު ރަޖިސްޓްރީ ކުރެވޭ ކައިވެނީގެ އަދަދުވަނީ ބޮޑުތަނުން ދަށްވެފައެވެ.

މި އަހަރުގެ ނުވަ މަހުގައި 4.747 މިލިޔަން ކައިވެނި ރަޖިސްޓަރކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ ނުވަމަހާއި އަޅާ ބަލާއިރު 943.000 މަދު އަދަދެއްކަން ފާހަގަވެއެވެ.

މުރާސިލުން ދެކޭގޮތުގައި ޗައިނާގައި ކައިވެނިކުރާ އަދަދާއި ދަރިން ހޯދުމުގެ އަދަދު މަދުވަމުން އަންނަނީ އާއްމު ރައްޔިތު މީހާގެ އިގްތިސާދީ ހާލަތު ގޯސްވުމާއި ދިއިއުޅުމުގެ ހަރަދުތައް އިންދިހއަށް ބޮޑުވުމާއި ޒުވާނުން މަސައްކަތު މާހައުލުގައި އާއްމު އެވްރެޖަށްވުރެ ބުރަކޮށް ވަޒީފާ އަދާކުރަން ޖެހުމެވެ.

ޗައިނާގެ އާބާދީ ދަށްވާ ދަށްވުމަކީ ޗައިނާގެ ގައުމީ ކަންބޮޑުވުމެއްކަން ފާހަގަކޮށް ޗައިނާގެ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް، ނޫނީ އިތުރުކުރުމަށް ގައުމީ ކެމްޕޭނުތަކެއްވެސް ފަށާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް