އިސްރާއީލާއި އެމެރިކާއަށް އީރާނުގެ ސުޕްރީމް ލީޑަރުގެ އިންޒާރެއް

އީރާނަށް ދިން ހަމަލާގެ ބަދަލުގައި ވަރުގަދަ ރައްދެއް ލިބިގެންދާނެކަމުގައި އީރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމެނާއީ އިއުލާނުކުރައްވައިފިއެވެ. ޚާމެނާއީ އެކަން އިއުލާނުކުރެއްވީ ވެރިރަށް ތެހެރާނުގައ...

04 Nov 2024 | 00:05

އީރާނަށް ދިން ހަމަލާގެ ބަދަލުގައި ވަރުގަދަ ރައްދެއް ލިބިގެންދާނެކަމުގައި އީރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމެނާއީ އިއުލާނުކުރައްވައިފިއެވެ.

ޚާމެނާއީ އެކަން އިއުލާނުކުރެއްވީ ވެރިރަށް ތެހެރާނުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޚާމެނާއީ ވިދާޅުވީ ދުޝްމިނުންކަމުގައިވާ ޔަހޫދީންނާއި އެމެރިކާއަށް ވަރުގަދަ ރައްދެއް ލިބިގެންދާނެކަމަށެވެ. އީރާނާއި އީރާނުން ވާގިވެރިވާ ޖަމާއަތްތަކަށް ދޭ ހަމަލާތަކުގެ ނަތީޖާ ހިތިވާނެކަމަށް ޚާމެނާއީ ވިދާޅުވިއެވެ.

ޚާމެނާއީ އެ ސިފަކުރެއްވީ އީރާނުގެ އިތުރުން ޔަމަނުގެ ހޫޠީންނާއި ލުބުނާނުގެ ހިޒްބުﷲ އާއި ފަލަޞްޠީނުގެ ހަމާސް ޖަމާއަތް ހިމެނޭހެންނެވެ.

މިފަދަ އިންޒާރެއް ދިންނަމަވެސް ރައްދު ދޭނެ ވަގުތެއް އަދި ރައްދުގެ ވައްޓަފާޅި އެއްގޮތަކަށްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އީރާނުން ދެފަހަރެއްގެ މަތިން އިސްރާއީލަށް އަދި އިސްރާއީލުން އީރާނަށްވެސް ދެފަހަރެއްގެމަތިން ސީދާ ހަމަލާތައް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް